Blogs

އައިނު އަޅަންޖެހޭ މީހުންނަށް، އައިނަކީ ލޯ ފަދަ މުހިންމު އެއްޗެކެވެ. އެހެންކަމުން ލޮލުގެ ސިއްހަތަށް ސަމާލުކަންދިނުމުގެ އިތުރުން އައިނައް ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ވިސްނަންޖެހޭ ކަންކަން ތިރީގައި މިވަނީއެވެ.

 

  • އައިނު އެޅުމާއި ނެގުން: އެއް އަތުން އައިނު އެޅުމާއި ނެގުމަށްވުރެ ރަނގަޅު ގޮތަކީ ދެ އަތުން ދުނިގަނޑުގައި ހިފާ ފަރުވާތެރިކަމާއިއެކީ އެކަން ކުރުމެވެ. އެއް އަތުން އައިނު ނަގާ ހަދާނަމަ ދުނިގަނޑު ދޫވުމާއި، ދެވަރު ވުމުގެ އިތުރުން އައިނު ހަލާކުވުމުގެ ފުރުސަތު ބޮޑު ވެގެންދެއެވެ.

 

  • އައިނު ސާފުކޮއް ބެލެހެއްޓުން: އައިނު ސާފު ކުރަން އެންމެ ރަނގަޅު ގޮތަކީ އަތް ދޮވުމައްފަހު އައިނު ފެންކޮޅަކަށްލާ ދޮވުމެވެ. ނުވަތަ އައިނު ސާފުކުރާ ސޮލިއުޝަނެއް އައިނުގައި ބޭނުންކޮށް، ދީފައިވާ ފޮތިކޮޅުން އައިނު ހިއްކާލުމެވެ. މިގޮތަށް ދުވާލަކު އެއްފަހަރު އައިނު ދޮވެ ސާފުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

 

  • އައިނުގެ ރައްކާތެރިކަން: އައިނު ނަގާފައި ބާއްވަން އެންމެ ރަނގަޅީ އައިނަށް ހެޔޮވަރު، އައިނުލާން ޚާއްސަ ފޮއްޓެއްގައި އައިނުގެ ލެންސް މައްޗަށްވާ ގޮތަށެވެ. މިގޮތަށް ބޭއްވުމުން ހިރަފުހާއި އިތުރު ޖަރާސީމްތަކުގެ ސަބަބުން އައިނު ހަޑިވުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

 

މަތީގައި ފާހަގަ ކުރެވިފައިވާ ކަންތައްތަކަކީ ދިގު މުއްދަތަކަށް އައިނު ގެންގުޅުމަށް ކުރެވިދާނެ ކަންކަމެވެ.